މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ޗެމްޕިއަން ޓްރޮފީ އަދި އެހެނިހެން ޓްރޮފީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވައިލުން

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު، ދިވެހިރާއްޖެ                                                                                                                                    ނަމްބަރ:331/331/2026/66(IUL)

 

                              އިޢުލާން

 

 ކައުންސިލް ކަޕް ޗެމްޕިއަން ޓްރޮފީ އަދި އެހެނިހެން ޓްރޮފީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވައިލުން

               މި ކައުންސިލްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ކައުންސިލް ކަޕް"ގެ ޗެމްޕިއަން ޓްރޮފީ އަދި މުބާރާތުގެ އެހެނިހެން ޓްރޮފީތަކުގެ ޑިޒައިން ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރި އިޢުލާން 331/331/2026/35(IUL) އާއި ގުޅިގެން ލިބުނު ހުށަހެޅުންތައް މަދުކަމަށްވާތީއާއި، ލިބުނު ޑިޒައިންތަކަށް ބަލާއިރު އެހުށަހެޅުންތައް ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް ކޮމެޓީންވަނީ ނިންމާފައެވެ.

               ޗެމްޕިއަންސް ޓްރޮފީ ޑިޒައިން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް 5000ރ (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމް އަދި އެހެނިހެން ޓްރޮފީ ޑިޒައިން 1 ވަނައަށް ހޮވޭ ފަރާތަކަށް 2000ރ (ދެހާސް ރުފިޔާ)ގެ ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ.

             

ޓްރޮފީ ފަރުމާކުރުމުގައި ބަލަންވީ މިންގަނޑުތައް:

  • ޗެމްޕިއަން ޓްރޮފީ ފަރުމާކުރަންވާނީ ގާތްގަނޑަކަށް 25 އިންޗި ހުންނަވަރަށް ޓްރޮފީގެ އަސްލު ތައްޔާރުކުރުމުން އޭގެ ބައްޓަމަށް ބަދަލު ނާންނާނެގޮތަށެވެ.
  • ޓްރޮފީއަކީ 3ޑީ ކޮށް އޭގެ އަސްލު ތައްޔާރުކުރެވޭނެ ޑިޒައިނަކަށް ވާންވާނެއެވެ.
  • އެހެނިހެން ޓްރޮފީތަކުގައި ބޭނުންކުރާނީ މައިގަނޑު އެއްޑިޒައިނެކެވެ. ނަމަވެސް ޗެމްޕިއަންސް ޓްރޮފީއާއި ތަފާތު ވާންވާނެއެވެ.

ހުށަހަޅަންވީގޮތް:

  • އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑު ކޮޕީ އަދި ވިޔަފާރި ނުވަތަ ކުންފުންޏެއް ނަމަ ރަޖިސްޓްރީގެ ކޮޕީ.
  • ހުށަހަޅާ ފަރާތަކީ ކާކުކަން އެނގޭނެ ނަމެއް ނުވަތަ ނިޝާނެއް ހުށަހަޅާ ޑިޒައިންގައި ހިމަނައިގެން ނުވާނެއެވެ.

އެހެނިހެން:

  • ޓްރޮފީ ޑިޒައިން އިވެލުއޭޓްކުރުމުގައި ޗެމްޕިއަންސް ޓްރޮފީ އަދި އެހެނިހެން ޓްރޮފީތަކުގެ ޑިޒައިން ބަލާނީ ދެއައިޓަމްގެ ގޮތުގައެވެ.
  • އެންމެ ރަނގަޅު ޑިޒައިނަކަށް ހޮވޭ ފަރާތުން ކައުންސިލުން އެދޭ ކުދިކުދި ބަދަލުތައް ގެނެސްދޭންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މަތީގައިވާ ތަފްޞީލާއި އެއްގޮތަށް ޓްރޮފީ ފަރުމާކުރެއްވުމަށްފަހު 2026 ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

08 ސެޕްޓެންބަރު 2026
ހޯދާ