ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ.ބިލެތްދޫ މެޖިސްޓްރޭޓް ކޯޓުގެ ބައެއް ތަކެތި ނީލަން ކިޔުން

އިޢުލާނު

 މިކޯޓުގެ ބައެއް ތަކެތި ދުވަހު ނީލަމުގެ އުސޫލުން ވިއްކާލުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: 631-A/2026/13 (27 އޮގަސްޓު 2026) ގެ އިޢުލާނާ ގުޅިގެން، ނީލަމުގައި ނުވިކިވާ ތަކެތި އަލުން ނީލަން ކިޔުމަށް ބޭނުން ވާތީ ތިރީގައި މިދަންނަވާ ތަކެތި، ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2026 ސެޕްޓެންބަރު 22 ވާ އަންގާރަ ދުވަހު މިކޯޓުގެ ގޯތިތެރޭގައި އޮންނާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 22 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން މިކޯޓަށް ވަޑައިގެން ނީލަމުގައި ބައިވެރިވުން އެދެމެވެ.

މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 ސެޕްޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މިކޯޓަށް ވަޑައިގަތުމުން ތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 2026 ސެޕްޓެންބަރު 23 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv  މެދުވެރިކޮށް ދެއްކުމަށްފަހު 02 (ދޭއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.

  މި އިޢުލާނާއިއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ކިޔަން ފެށޭ އަގާއި، ފަހަރަކު އިތުރުކުރެވޭނެ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

27 ރަބީޢުލްއަށްވަލް 1448

 09 ސެޕްޓެންބަރު 2026

09 ސެޕްޓެންބަރު 2026
ހޯދާ