ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމާބެހޭ

އިޢުލާން

މާދަޑު އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމާބެހޭ:

މާދަޑު އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL)424-CO/424/2016/3) އިޢުލާނަށް އިޖާބަދީ ހުށަހެޅި އަންދާސީހިސާބުތަކުގެ ޝަރުޠުތައް ފުރިހަމަނުވާތީ އަލުން އިޢުލާން ކުރަމެވެ.                                                             

ވީމާ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސް ދުވަހުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

05 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016
ހޯދާ