އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޗާލު ދިވެހިރާއްޖެ އެވޯޑުގައި އދ. މަންދޫއަށް ވަޑައިގަންނަވާ ފަނޑިޔާރުންގެ ޓީމުގެ ހުރުމާއި، ދޮވެއިސްތިރިކުރުން އަދި ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ޗާލު ދިވެހިރާއްޖެ އެވޯޑުގައި ފަނޑިޔާރުކަންކޮށްދެއްވުމަށް އދ. މަންދޫއަށް ވަޑައިގަންނަވާ ޓީމުގައި ހިމެނިވަޑައިގަންނަވާ 9 (ނުވައެއް) ބޭފުޅުންގެ ހުރުމާއި، ދޮވެއިސްތިރިކުރުން އަދި ކައްކާ ކާންދިނުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި ޓީމު އދ. މަންދޫއަށް ދަތުރުކުރުމަށް ތާވަލްކޮށްފައިވަނީ 24 ސެޕްޓެމްބަރ 2026 އިން 26 ސެޕްޓެމްބަރ 2026 ގެ ނިޔަލަށެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން 7 (ހަތެއް) ކޮޓަރި (މީގެ ތެރޭގައި 1 ޓްރިޕަލް ރޫމް ހިމެނޭހެން) ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް މީހަކަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 16 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކެއުމުގެ އަގު ވަކިންވެސް ހުށައެޅިދާނެއެވެ. އެހެންނަމަވެސް ހުރުމާއި ދޮވެއިސްތިރި ކުރުމުގެ އަގު ހުށައަޅަންވާނީ އެއްކޮށެވެ. އަދި ހުރުން ހަމަޖައްސައިދިނުމުގައި އެއްތަނަކުން 7 (ހަތެއް) ކޮޓަރި ލިބެން ނެތްކަމުގައިވިޔަސް އެތަނަކުން ލިބެންހުރި ކޮޓަރީގެ އަދަދާއި އަގު ހުށައެޅުއްވުން އެދެމެވެ.   

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                           27 ރަބީޢުލްއައްވަލް 1448

               09 ސެޕްޓެންބަރު 2026

09 ސެޕްޓެންބަރު 2026
ހޯދާ