ދިވެހިރާއްޖެ
މި ފެކަލްޓީން ހިންގަމުންދާ ކޯސްތަކަށް ވަނުމަށް އެދި ހުށަހަޅާއިރު، މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުގައި ބައެއް ދަރިވަރުންނަށް އޮޅުންއަރަމުންދާތީ، އަބަދުވެސް ޢަމަލުކުރަމުން އަންނަ އުޞޫލާ އެއްގޮތަށް އެކަން ހަނދުމަކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.
މި ފެކަލްޓީން ހިންގާ ކޯސްތަކުގެ ތެރެއިން އައި.އެމް.އޯ (IMO) މޮޑެލް ކޯސްތަކުގެ މިންގަނޑުތަކަށާއި، ދިވެހިރާއްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީ ކަމަށްވާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ކަނޑައެޅުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހޭނެއެވެ
- .ޕްރޮފިޝިއެންސީ އިން އެޑްވާންސްޑް ފަޔަރ ފައިޓިންގ (PAFF)
- ޕްރޮފިޝިއެންސީ އިން ސަވައިވަލް ކްރާފްޓް އެންޑް ރެސްކިއު ބޯޓްސް (PSCRB)
- ޕްރޮފިޝިއެންސީ އިން ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ (PFPFF)
- ޕްރޮފިޝިއެންސީ އިން ޕާސަނަލް ސަވައިވަލް ޓެކްނިކްސް (PPST)
- މާސްޓަރ އެންޑް ޑެކް އޮފިސަރ ރިފްރެޝަރ އެންޑް އަޕްޑޭޓިންގ ކޯސް (MDRUC)
- އިންޖިނިއަރ އޮފިސަރ ރިފްރެޝަރ އެންޑް އަޕްޑޭޓިންގ ކޯސް (EORUC)
ވީމާ، އިސްވެދެންނެވުނު ކޯސްތަކަށް ކުރިމަތިލައްވާ ދަރިވަރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިން ބަލައިގަންނަ "STCW 78 ކޮންވެންޝަން (އޭޒް އެމެންޑެޑް)" އަދި "MLC 2006" މިންގަނޑުތަކަށް ފެތޭ "ސީފެއަރާސް މެޑިކަލް ސެޓްފިކެޓް" ހުށަހެޅުއްވުން އެދެމެވެ.
މީގެ އިތުރުން، ފަޅުވެރިންގެ ކޯހުގައި ބައިވެރިވާން އެދޭ ދަރިވަރުން ފުރިހަމަކޮށް ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އިން ފަޅުވެރިންނަށް ޚާއްޞަ ކޮށްފައިވާ މެޑިކަލް ފޯމެވެ.
ވީމާ، މި ކަންކަމަށް ސަމާލުކަންދެއްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިގޮތުން މިހާރު ބޭނުންކުރަމުންދާ މެޑިކަލް ދެ ފޯމު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
