|
މަޤާމް
|
އެސިސްޓެންޓް ޓެކްނީޝަން
|
|
މަޤާމުގެ ރޭންކް
|
L9-F2 (T)
|
ބޭނުންވާ ޢަދަދު:
|
01
|
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް:
|
ބްރޯޑްކާސްޓް އިންފޮމޭޝަން ޓެކްނޮލޮޖީ
|
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު
|
|
އަސާސީ މުސާރަ
|
-/6,200 ރުފިޔާ
|
|
|
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓް ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
|
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- މިކުންފުނީގެ ފަރާތުން މާލެއާއި ތިލަފުށީގައި ބެހެއްޓިފައި ހުރި ޓްރާންސްމީޓަރ ތަކާއި އެއާގުޅުން ހުރި ހުރިހާ އިކްވިޕްމަންޓްތައް، މައްސަލައެއް ދިމާވޭތޯ ބަލައި މޮނިޓަރކުރުމާއި، އެތަކެތީގެ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އަންގައި، ކަމާގުޅުންހުރި ޓެކްނިކަލް ފަރާތްތަކަށް ލަސްނުކޮށް އަންގާ ރަގަޅު ކުރުމުގެމަސަތްކަތް ފެއްޓުން.ޔޫޒަރ ޓާމިނަލްތަކަށް ބޭނުންވާ ސޮފްޓްވެއަރ އިންސްޓޯލްކޮށްދިނުމާއި ސޮފްޓްވެއަރ އަށް ދިމާވާ އެކިއެކި މައްސަލަ ހައްލުކުރުން؛
- މިކުންފުނި އަދި އަމިއްލަ ފަރާތްތަކުގެ ޓަވަރުތަކުގައި ހަރުކުރެވިފައި ހުންނަ، ކުންފުނީގެ އެންޓަނަރ ސިސްޓަމްތައް ، ޓަވަރަށްއަރައި މަރާމާތުކުރުން؛
- މިކުންފުނީގައި ބޭނުންކުރަމުންގެންދާ ޑިޝްއެންޓަނާ ބެހެއްޓުމާއި، ބްރޮޑްކާސްޓް ކުރުމަ ބޭނުން ކުރަމުންގެދާ ޓްރާންސްމީޓަރ ލިންކުތައް ބަހައްޓާ ސިންކުރޮނައިޒްކުރުމާއި، އެތަކެތި މެއިންޓަނަސްކޮއް ބެލެހެއްޓުން؛
- އަތޮޅުތަކުގައި ބެހެއްޓިވފައިވާ ޓްރާންސްމީޓިން ސްޓޭޝަންތަކުގެ އިލެކްޓްރިކް މައްސަލައެއް އޫޅޭނަމަ، ކަމާއިގުޅުން ހުރިފަރާތް ތަކާއިގުޅައިގެން ވީއެންމެއަވަހަކަށް އެކަމެއް ހައްލުކުރުވުމުގެ މަސަތްކަތް ކުރުން؛
- ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ބެހެއްޓާފައި ހުރި އެންޓަނާ މާސްޓް ތަކާއި ހަޓުތައް، ދުރާލާ ރާވާ ޝެޑިއުލް ކޮށް ކުލަލައި މަރާމާތު ކުރުވުން، އަދި ހަޓުތަކުގެ ގޯތިތެރޭ، ގަސްތައް ބޯވެ އުނދަގޫވާނަމަ، ކަމާގުޅުންހުރި ފަރާތްތަކައް އަންގާ އެފަރާތައްލައްވާ ގަސްތައް ކަނޑުވައި ސާފުކުރުވުމާއި މިމަސަކަތް ރާވާއިރު ކުންފުންޏައް މާލީގޮތުން ބުރަނުވާނެގޮތުގެ މަތިން ޕްލޭންކޮށްގެން ކުރިއަށް ގެންދިއުން؛
- މިކުންފުނީގެ ޓަވަރުތަކާއި ހަޓްތަކުގައި ކުރަންޖެހޭ ވެލްޑިންގ މަސަތްކަތާއި ދަވާދު ލުމުގެ މަސައްކަތް ކުރުން؛
- ރާއްޖެތެރޭގެ ރަށްތަކުގެ އިކްވިޕްމަންޓް މަރާމާތުކުރަން ދިޔުމުގެ ކުރިން އެ ކަމަކަށް ބޭނުންވާ ތަކެތި ދުރާލާ ލިސްޓުކޮށް، ހަމަކޮށްގެން ގެންދިޔުން އަދި ޓްރާންސްމީޓަ ނެޓްވޯކް ގައި ބޭނުން ކުރަމުންދާ ހުރިހާ ޓޫލްސްތަކުގެ އިންވެންޓްރީ ބެލެހެއްޓުން؛
- ކުންފުނީގެ އިލެކްޓްރިކް އެންޑް މެއިންޓަނަންސް މަސައްކަތް ސުޕަވައިޒަރު އަންގާ ގޮތަކަށް ކުރުން؛
- ކުންފުނީގެ ލައިޓް ފަދަ ތަކެތި ބޭކާރުގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރުމާއެކު ބޭނުންނުކުރަން ނުޖެހޭ ގަޑިތަކުގައި އޮފްކުރުމާއި އޮންކުރަންނޖެހޭ ޙާލަތުގައި އޮންކުރުން؛
- ޑިޕާޓްމަންޓްގެ އެކިއެކި ޔުނިޓްތަކާއިގުޅިގެން ކުރަންޖެހޭ މަސައްކަތް ތަކުގައި ބައިވެރިވުމާއި ކުންފުނީގެ ސިއްރުތައް ހިފެހެއްޓުން؛
- ޓަވަރަށް އަރައިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން؛
- ދުވަހުންދުވަށް ކުރެވޭ މަސައްކަތްތައް ލޮގްކުރުމާއި ކުންފުންޏަށް ބޭނުންޖެހިއްޖެ ހިނދެއްގައި ޑިއުޓީނިމިގެން އިތުރުގަޑީގައި މަސައްކަތްކުރުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
|
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
|
ސުންގަޑި
|
މަޤާމަށް އެދިލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000284 އާއި ގުޅުއްވުން އެދެމެވެ.
|