ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި މިކޯޓުގެ ގޯތީގެ ވަށާފާރާއި، ކޯޓްރޫމްގެ ފާރުގައި ހުރި ރެނދުތައް ބައްދައި ކުލަ ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އަމިއްލަ ތަކެތީގައި މިކޯޓުގެ ގޯތީގެ ވަށާފާރާއި، ކޯޓްރޫމްގެ ފާރުގައި ހުރި ރެނދުތައް ބައްދައި ކުލަ ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން  15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00  މަސައްކަތުގެ އަގާއި މުއްދަތު ހިމެނޭ ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން އޮންނަންވާނީ ސީޓީ އުރައެއްގައި ބަންދުކުރެވިފައެވެ.

އިތުރު މަޢުލޫމާތު:

  • މި މަސައްކަތަށް ބީލަން/ކޯޓޭޝަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. ހުށަހަޅާ ކޯޓޭޝަން ނުވަތަ ބީލަމުގައި ވިޔަފާރީގެ ނަމާއި ރަޖިސްޓަރީ ނަންބަރު އެނގެން އޮންނަންވާނެއެވެ.
  • މި މަސައްކަތަށް އަގު ހުށަހަޅަން ބޭނުންކުރުން އެދެވިގެންވަނީ މި އިޢުލާނާއެކުގައި ޢާންމުކޮށްފައިވާ ފޯމެޓެވެ. އަދި އަމިއްލަ ފޯމެޓެއްގައި ބީލަން ހުށަހެޅިކަމުގައި ވީ ނަމަވެސް މަސައްކަތާއި ތަކެތީގެ އަގު ވަކިން، އަދި މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު ވަކިން އެނގެން އޮންނަންވާނެއެވެ.
  • މި މަސައްކަތް ޙަވާލުކުރެވޭނީ، ޝަރުޠުހަމަވާ ބީލަންތަކުގެ ތެރެއިން ތިރީގައިވާ އުސޫލުން މާކްސް ދިނުމުން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.

ކްރައިޓީރިއާ

މާކްސް ދެވޭނެ އުސޫލު

ލިބޭނެ އެންމެ މަތީ މާކްސް

ހުށަހަޅާފައިވާ ޖުމްލަ އަގު (މަސައްކަތާއި ތަކެތީގެ ޖުމްލަ އަގު)

އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ނިސްބަތުން މާކްސް އުނިކުރާ ގޮތަށް

90

މަސައްކަތް ނިންމަން ހުށަހަޅާ މުއްދަތު

އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށް ފުލް މާކްސް ދިނުމަށްފަހު ނިސްބަތުން މާކްސް އުނިކުރާ ގޮތަށް

10

  • މަސައްކަތް ޙަވާލުކުރުމާއި މަސައްކަތް ބަލައިގަނެ، ފައިސާ ދޫކުރުމުގައި މާލިއްޔަތު ޤަވާއިދުގައި ކަނޑައަޅާފައިވާ އެންމެހާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.

މި މަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ، ނުވަތަ މަސައްކަތް ކުރަންޖެހޭ ތަން ބަލައި ޗެކްކުރުމަށް ބޭނުންވާނަމަ ރަސްމީގަޑީގައި ކޯޓަށް ޙާޟިރުވުމުން އެ ފުރުޞަތު ލިބިދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6760537 ނަންބަރަށް ގުޅުއްވުން އެދެމެވެ.

08 ސެޕްޓެންބަރު 2026
ހޯދާ