މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2026/R-27 (ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގެ ދަށުން ނޫސް މަޖައްލާތަކުގެ ރެކޯޑު އަދާހަމަކުރުން.

އުވާލެވިފައިވާ ޤާނޫނު ނަންބަރު 47/78 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގަމުން ގެންދާ ނޫސް މަޖައްލާތައް، ޤާނޫނު ނަންބަރު: 16/2025 ގެ ދަށުން އެކުލަވާލައި ގެޒެޓްކޮށްފައިވާ ގަވާއިދު ނަންބަރު: 2026/R-27 (ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު)ގެ 34 ވަނަ މާއްދާގެ (ހ) ދަށުން، 6 މަސް ތެރޭގައި، ރީ ރަޖިސްޓްރީކޮށް، ރެކޯޑު އަދާހަމަ ކުރަން ޖެހެއެވެ.

މިކަމަށް ދެވިފައިވާ އެންމެ ފަހުގެ ތާރީޚަކީ 27 އޮކްޓޯބަރ 2026 އެވެ. މި މުއްދަތު ހަމަވާއިރު ރީ ރަޖިސްޓްރީކޮށް ރިކޯޑު އަދާހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓަރީތަށް، ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލް ކުރެވޭނެއެވެ.

 

ވީމާ، މަތީގައި ދަންނަވާފައިވާ ފަދައިން، ނޫސް މަޖައްލާތަކުގެ ރިކޯޑުތައް، އަދާހަމަކުރުމަށް ހުރިހާ ނޫސް މަޖައްލާތަކުގެ މަސްއޫލުވެރިފަރާތްތަކަށް އިލްތިމާސްކުރަމެވެ.

08 ސެޕްޓެންބަރު 2026
ހޯދާ