ދިވެހިރާއްޖެ
ރ.މާކުރަތުފިނިފެންމާގެ އިރުމަތިން (ކުރީގެ ޕީޕީއެމް ޖަގަހަ) އޮންނަ ބިމަކީ އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާ ކައުންސިލްގެ ބިމެކެވެ. ވުމާއިއެކު އެ ބިމުގައި އެއްވެސް ފަރާތެއްގެ މުދަލެއް، ރުއްގަހެއް ވާނަމަ މިއަދުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެ ބިމުގައިހުރި މުދަލާއި ރުއްގަސް ނެގުމަށްފަހު ބިން ސާފުކުރުމަށް އަންގަމެވެ.
މިމުއްދަތުގެ ތެރޭގައި މި ބިމުގައިހުރި މުދަލާއި ރުއްގަހުގެ ވެރިފަރާތުން ބިމުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައިވާ މުދާތަކާއި ރުއްގަސް ނަގާ ބިން ސާފުނުކޮށްފިނަމަ މިމުދަލާއި ރުއްގަހަކީ ވެރިފަރާތެއް ނެތް މުދަލެއްކަމަށް ބަލައި، އާއްމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއްށް ދޫކޮށްލާފައިވާ ތެކެތި ނެގުމާއިބެހޭ ޤަވާޢިދު (ޤަވާޢިދު ނަމްބަރު 2013/R-750) ގައިވާގޮތުގެމަތީން މުދާތައް ނަގާ ބިން ސާފުކުރުމުގެ މަސައްކަތް މި ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށާއި، މުދަލަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނީ ކައުންސިލްގެ ހުއްދަނެތި އެބިން ބޭނުންކުރަމުންދާ ފަރާތްކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
