ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގައި އެހެލާފައިވާ ލާންޗްތަކާއި، ޑިންގީތަކާއި، ދޯނިތައް ނެގުމާގުޅޭ

އިޢުލާން

ތިނަދޫ ސިޓީގައި އެހެލާފައިވާ ލާންޗްތަކާއި، ޑިންގީތަކާއި، ދޯނިތައް ނެގުމާގުޅޭ

ތިނަދޫ ސިޓީގެ އޮޑިވަޅުގެ ސަރަޙައްދުގައި ޤަވާޢިދާއި ޚިލާފަށް ކަނޑައަޅާފައިވާ އިމުން ބޭރުގައި ގިނަ ދުވަސްތަކެއްވަންދެން އުޅަނދު ފަހަރުތައް އެހެލާފައިވާތީ، މި ސަރަޙައްދު އާދަޔާ ޚިލާފަށް ހަޑިވެ މަދިރި އާލާވާގޮތަށް ހުރުމުން މި ސަރަޙައްދުގައިވާ އެންމެހައި ތަކެތި ނަގައި މި ސަރަޙައްދު ސާފުކުރުމަށް ބޭނުންވެއެވެ. އޮޑިވަޅު ސަރަޙައްދު ކަމުގައި މި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދަކީ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ފެށިގެން ތެޔޮ ބާޖު ހެދުމަށް މި ކައުންސިލުން ދީފައިވާ ބިމާއި ހަމައަށެވެ. ނަމަވެސް ، މި ދެންނެވި އިމުން ބޭރުން ވެސް ގިނަ އުޅަނދުފަހަރުތައް އެހެލާފައި ހުރިކަން ފާހަގަ ކުރެވެއެވެ.  

ވުމާއެކު، މި ދެންނެވި ސަރަޙައްދުގައި އެހެލާފައިވާ އުޅަނދުތަކާއި އެތަނަށް ދޫކޮށްފައިވާ އެންމެހައި ތަކެތި މިއަދު 08 ސެޕްޓެމްބަރ 2026 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އުޅަނދުތަކުގެ ތަފްސީލު ލިޔުމުން މި އިދާރާއަށް އަންގައި ދެއްވުމަށް އަންގަމެވެ. 

މި ދެންނެވި މުއްދަތުގައި އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތަކުގެ ތަފްސީލު ނުލިބޭ އުޅަނދުތައް ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓް ކޮށްފައިވާ ޤަވާޢިދު R-199/2014 (ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު) ގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް ޢަމަލު ކުރާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތް ކުރުމުގައި އުޅަނދުތަކަށް ލިބޭ ގެއްލުމަށް މި ކައުންސިލުން ޒިންމާ ނުނަގާނެ ވާހަކަ ދެންނެވީމެވެ. 

                     ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

08 ސެޕްޓެންބަރު 2026
ހޯދާ