މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބައެއް ރުއް ނީލަން އުސޫލުން ދޫކޮށްލުމާއި ގުޅޭ
(IUL)307/INDIV/2026/48:ނަންބަރު
މިރަށު ބަނދަރު ސަރަހައްދުގައި ހުރި ބައެއް ރުއްތަކާއި ބައު މިސްކިތު ގޯތިތެރޭގައި ހުރި ބައެއް ރުއްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް ނީލަން އުސޫލުން ދޫކޮށްލަން ބޭނުންވެއްޖެއެވެ.
ތަފްސީލް
- ބަނދަރު ހުޅަނގަށް 1 އިން 8 އަށް އަދި 31،30 ކަޅުކުލައިން ނަންބަރު ޖަހާފައިހުރި 10 ރުއް.
- ބަނދަރުގެ އިރުމަތީ ސަރަހައްދުގައި ހަދާފައިވާ ކެފޭ ސަރަހައްދުގައި 16 އިން 24 އަށް ކަޅުކުލައިން ނަންބަރު ޖަހާފައިހުރި 9 ރުއް.
- ބައު މިސްކިތް ގޯތިތެރޭގައިހުރި 9 ރުއް.
- އިންނަމާދޫ ކައުންސިލް އިދާރާ ކުރިމަތިން އެސްޓިއޯ ފާމަސީ ކައިރި ބޮޑު ބުރާއި ހަމައަށް 9 އިން 15 އަށް ނަންބަރު ޖަހާފައިވާ 7 ރުއް
ވީމާ، މި ރުއްތައް ނީލަން އުސޫލުން ނެންގެވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށްޓަކައި 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް ބަނދަރު ސަރަހައްދަށް ( ކައުންސިލް އިދާރާ ކުރިމައްޗަށް) ވަޑައިގެންދެއްވުން އެދެމެވެ. ކޮންމެ ބަޔަކަށް ވަކިން ނީލަން ފެއްޓޭ އަގަކީ 1500 ރުފިޔާއެވެ.
07 ސެޕްޓެންބަރު 2026
ހޯދާ
