އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް އޮފިސަރ

މަޤާމު:

ސްޓޭޓް ލީގަލް ސަޕޯޓް އެސިސްޓަންޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ބާވަތް:

2 އަހަރު (ކޮންޓްރެކްޓް)

ޕަބްލިކް ސަރވިސް ރޭންކް:

04

މަޤާމުގެ ކްލެސިފިކޭޝަން:

ސްޓޭޓް ލީގަލް ސަޕޯޓް ސަރވިސް ޕްރޮފެޝަނަލުން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަންޑާރަނައިބުގެ އޮފީސް/ މާލެ

އަސާސީ މުސާރަ:

-/10،080 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/3،705 ރުފިޔާ

ހާޒިރީ އެލަވަންސް:

-/115 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ތައުލީމީ ދާއިރާތައް

އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް، ޕަބްލިކް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އޮފީހުގެ ކައުންޓަރުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އޮފީހަށް އަންނަ ޢާންމު އިދާރީ ފޯން ކޯލްތަކަށް ޖަވާބު ދިނުން. އެޓަރނީ ޖެނެރަލްގެ ބިއުރޯ އާއި ސެކްރެޓަރީ ޖެނެރަލްގެ ސެކްރެޓޭރިއަޓުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  2. ބިއުރޯގެ ކަލެންޑަރ، ޝެޑިއުލް އަދި އެޕޮއިންޓްމަންޓްތައް ބެލެހެއްޓުމާއި، އެޓަރނީ ޖެނެރަލް ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.
  3. އެޓަރނީ ޖެނެރަލް ދިވެހިރާއްޖޭން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.
  4. ރަސްމީ ގަޑީގައި އޮފީހުގެ ކައުންޓަރު ބެލެހެއްޓުމާއި، ކައުންޓަރަށް އަންނަ ފޯން ކޯލުތަކަށް ޖަވާބުދިނުމާއި، އޮފީހަށް އެކި ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކާއި މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  5. އޮފީހުގެ އެންޓްރީ ޑިސްޕެޗް ސިސްޓަމް ބެލެހެއްޓުމާއި، އޮފީހަށް ލިބޭ އެންޓްރީތައް ބަލައިގަނެ، ޙަވާލުކުރަންޖެހޭ ޑިވިޜަންތަކާ ޙަވާލުކުރުން.
  6. އޮފީހަށް ލިޔުމާއި ތަކެތި ރައްދުކުރަން އަންނަ ފަރާތްތަކުން ގެންނަ ތަކެއްޗާއި ޙަވާލުވެ، އެތަކެތި ރައްދުކުރަންޖޭ ޑިވިޜަންތަކަށް ރައްދުކުރުން.
  7. އޮފީސް ޑިއުޓީ ނެގުމާއި އޮފީސް ހުޅުވާ ލެއްޕުން.
  8. މި ނޫންވެސް އޮފީހުން އަންގާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)  
  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް.
  4.  އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
  • ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ސެޓިފިކެޓް ނެތް ޙާލަތެއްގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ           (އެޓެސްޓްކޮށްފައި):

  • މަޤާމުގެ ނަމާއި، ރޭންކް އަދި ކްލެސިފިކޭޝަން ހިމެނޭނަމަ، އެ މަޢުލޫމާތުތައް ހިމެނުމަށް؛
  • ލިބޭ މުސާރަ އާއި އިނާޔަތްތައް (ވަކި ވަކިން އެނގޭނެގޮތަށް ހިމެނުމަށް)؛
  • ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް)؛
  • ވަޒީފާގެ މަސްއޫލިއްޔަތުތަކާއި މައިގަނޑުކޮށް މަސައްކަތްކޮށްފައިވާ ދާއިރާ؛

   7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ         އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]   އަށެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއުއަށް ކިޔުން

  • މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
  • އިންޓަރވިއު ބޭއްވޭނީ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. އަދި އީ-މެއިލް ކުރާނީ [email protected]  އަށެވެ.
  • 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' އޮފީހުގެ ވެބްސައިޓް              https://agoffice.gov.mv/dv/publications?category=26އިން ލިބެން ހުންނާނެއެވެ.
08 ސެޕްޓެންބަރު 2026
ހޯދާ