ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 03 ބިން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/48

ތާރީޚް

‏ 26 ރަބީޢުލްއައްވަލުުް 1448

 08 ސެޕްޓެމްބަރު 2026

އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 03 ބިން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

 

           މިރަށު ކަދާވަޑު މަގުން (އޮޑިހަރުގެ އެޅުމަށް ހަމަޖެހިފައިވާ މަގު) އިޖުތިމާޢީ ބިންތަކުގެ ގޮތުގައި ސާފުކޮށް ބެލެހެއްޓުމަށް އަލަށް ކަނޑައެޅި 03 ބިން 31 ޑިސެމްބަރ 2026 ގެ ނިޔަލަށް ސާފުކޮށް ބަލަހައްޓާދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ.

            ވީމާ، މިދެންނެވި ބިންތައް ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރު 2026  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

މަގުތައް ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.

  1. ބިންތައް ސާފުކުރުމަށް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
  2. ބިމަށް ކުރިމަތިލާ ފަރާތަކީ މިހާރުވެސް ބިންތައް ސާފުކުރާ ފަރާތެއްނަމަ އެފަރާތަކުން ސާފުކުރާ ބިންތަކުގެ ޢަދަދު 04 ބިމަށްވުރެ އިތުރަށް ބަލަހައްޓާ މީހަކު ކަމުގައި ނުވުން.
  3. ބިމަށްއެދި ހުށަހަޅާފަރާތަކީ ރަށުގައި ދިރިއުޅޭ ފަރާތަކަށްވުން.( ބޭސްފަރުވާއަށް މާލެދާ ފަރާތްތައް މީގެތެރެއިން އިސްތިސްނާ ވާނެވެއެވެ.)
  4. ބިންތައް ހަވާލުކުރުމުގައި ވަޒީފާގައި ނޫޅޭ ފަރާތްތަކަށް އިސްކަން ދިނުން.
  5. ކޮންމެ ގެއަކުންވެެސް އެއްފަރާތަށްވުރެ ގިނަ ފަރާތްތައް ބިމަށް ކުރިމަތިލާފައިވާނަމަ އެގެއެއްގެ އެހެން ފަރާތްތަކަށް ބިން ލިބޭނީ ނިސްބަތުން މިއިޢުލާނުގައިވާ ޝަރުޠު ހަމަވާ ފަރާތްތަކަށް ބިން ދިނުމަށްފަހު ބިން ހުރިނަމައެވެ.
  6. ބިންތައް ދިނުމުގައި މީގެކުރިންް ބިންތައް ސާފުކޮށްފައިވާ ގޮތަށް ބެލުން. (އަލަށްކުރިމަތިލާ ފަރާތްތައް ނޫން ފަރާތްތައް)

 

           ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                                             ލިއުޝާ އިބްރާހިމް

                                                         ކައުންސިލްގެ ނާއިބް ރައީސް                                                          

08 ސެޕްޓެންބަރު 2026
ހޯދާ