ދިވެހިރާއްޖެ
މަގާމް: އެސިސްޓަންޓް ޕްރޮސިކިެުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ
ބޭނުންވާޢަދަދު: 01 (އެކެއް)
މުއްދަތު: 1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން
މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)
މަގާމުގެ ރޭންކް: ޕަބްލިކް ސަރވިސް ރޭންކް 4 - ހަރުފަތް 1
މަގާމުގެ ކްލެސިފިކޭޝަން: ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ހެޑް އޮފީސް / މާލެ
މުސާރަ: -/10,080 ރުފިޔާ
އެހެނިހެން އިނާޔަތް:
- މަގާމުގެ އެލަވަންސް: 3,705/- ރުފިޔާ
- ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 115/- ރުފިޔާ
- ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
- ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- އިދާރީގޮތުން އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ފޮނުވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
- އިދާރީގޮތުން ހޯދަންޖެހޭ އެންމެހާ ތަފާސްހިސާބުތައް ނަގާ ބެލެހެއްޓުން.
- ރިސެޕްޝަން މުވައްޒަފުން މަދުވާ ނުވަތަ ނެތްހާލަތްތަކުގައި، ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތިން އޮފީހަށް ލިބޭ ލިޔެކިޔުންތައް އެންޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- އޮފީހުގެ ޑިއުޓީތަކާގުޅޭ އެންމެހާ މަސައްކަތް ކުރުން.
- އޮފީހުގެ ގޮފިތަކަށް އިދާރީގޮތުން ބޭނުންވާ އެންމެހާ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.
- އޮފީހުގެ މަރާމާތުގެ މަސައްކަތްތައް ދެނެގަނެ، އެކަންތައް ކުރުވައި ބެލެހެއްޓުން.
- އޮފީހުން ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.
- އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
- މީގެ އިތުރުންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާއި ގުޅިގެން އޮފީހުން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.
މަގާމުގެ ޝަރުތު:
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ތައުލީމީ ރޮނގުތައް:
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
މަޤާމުގެ މަސައްކަތާ ގުޅޭ
އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ
ވީމާ، މި މަގާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 20 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3023155 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21 ސެޕްޓެންބަރު 2026 – 20 އޮކްޓޫބަރު 2026 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
26 ރަބިޢުލްއައްވަލް 1448
8 ސެޕްޓެންބަރު 2026
