ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިވެރިންގެ ހިޔާ މަރާމާތުކުރުން

މިރަށު ބަނދަރު ސަރަހައްދުގައި ކައުންސިލުން އިމާރާތްކޮށްފައިވާ ވިޔަފާރިވެރިންގެ ހިޔާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައިވާ މައުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުށަހެޅުމުގެ ސުންގަޑި

22 ސެޕްޓެންބަރު 2026 ވާއަންގާރަދުވަހުގެ 13:00

ބީލަން ހުޅުވުން

22 ސެޕްޓެންބަރު 2026 ވާއަންގާރަދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލްގެ އިދާރާގައި

 

ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، ބަދަލުގައި އަންނަ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއާއެކު އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

 

08 ސެޕްޓެންބަރު 2026
ހޯދާ