ދިވެހިރާއްޖެ
އައްޑޫ މީދޫ ޑަބްލިޔު.ޑީ.ސީ އިން ބާއްވާ ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން
އައްޑޫ އަށް ހުޅުވާލައިގެން " އައްޑޫ މީދޫ ޑަބްލިޔު.ޑީ.ސީ ހޭންޑްބޯލް ޓޯނަމެންޓް" ގެ ނަމުގައި އައްޑޫ އަށް ހުޅުވާލައިގެން ހޭންޑްބޯޅަ މުބާރާތެއް އިންތިޒާމްކުރުމަށް އައްޑޫމީދޫ ޑަބްލިޔު.ޑީ.ސީ އިންވަނީ ނިންމާފައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރ 2026 ވަނަ ދުވަހުއެވެ. އެގޮތުން މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އައްޑޫގައި ޤާއިމްވެފައިވާ ސަރުކާރުގެ އޮފީސްތަކަށާއި، މުއައްސަސާ ތަކަށާއި އަދި ކްލަބް ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ހަމައެކަނި އަންހެން ކަނބަލުންނަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު މި ޢިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. އަދި މީދޫ ޑަބްލިޔު.ޑީ.ސީ ރަސްމީ ފޭސްބުކް ޕޭޖްއިން ސެޕްޓެމްބަރ 09 ވަނަ ދުވަހުން ފެށިގެން ޑައުންލޯންޑް ކުރެވެން ހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ. މުބާރާތުގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ [email protected] އީމެއިލް މެދުވެރިކޮށް ނުވަތަ ޑަބްލިޔު.ޑީ.ސީ އޮފީހުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 12:00 އަށެވެ.
26 ރަބިއުލްއައްވަލު 1448
08 ސެޕްޓެމްބަރ 2026
