ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ގަނެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

         ދ.ހުޅުދެލިން ވަގުތީ ކުނިގޮނޑަށްއަރާ ރުއްގަހާއި ވިޔަފާތި ބިންތަކުގައިހުރި ރުއްގަހާއި ބައެއް މަގުތަކުގައި ހުރި ރުއްގަސްތައް ގަނެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

               ވީމާ މިކަމަށް، ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ބިޑްރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާއަށްވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް [email protected]  މެދުވެރިކޮށްބިޑް ރަޖިސްޓްރީ ކުރައްވާ،   އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއިއެކު ހިމަނަންވާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

              މި ކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

15 ސެޕްޓެމްބަރ 2026

އަންގާރަ

10:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

17 ސެޕްޓެމްބަރ 2026

ބުރާސްފަތި

10:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އީމެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

               25 ރަބީޢުލްއައްވަލް 1448

07 ސެޕްޓެންބަރު 2026
ހޯދާ