ދިވެހިރާއްޖެ
FSM-ADV/2026/183
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
ކޯޕަރޭޓް ޑްރައިވަރ |
|
ޑިޕާޓްމަންޓް: |
ކޯޕަރޭޓް އެފެއާރސް |
|
ބޭނުންވާ ޢަދަދު: |
01 |
|
ޝަރުތުތައް: |
- ކޯޕަރޭޓް ޑްރައިވަރެއްގެ ގޮތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ސާފު ޑްރައިވިންގ ރެކޯޑަކާއެކު ސައްހަ ޑްރައިވިންގ ލައިސަންސެއް އޮތުން ( B1ކެޓަގަރީ). - ގަޑިއަށް ފަރުވާތެރި މީހަކަށްވުން. |
|
ވަޒީފާގެ މަސްޢޫލިއްޔަތު: |
- ސީނިއަރ މެނޭޖްމަންޓް އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އެކި އެކި އެޕޮއިންޓްމަންޓްތަކާއި، ބައްދަލުވުންތަކާއި، އިވެންޓްތަކަށް ގެންދިއުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ޑްރައިވިންގެ މަސައްކަތްތަކުގެ ޒިންމާ ނެގުން. - ކުންފުނީގެ ވެހިކަލް ސާފުތާހިރުކޮށް ބެލެހެއްޓުން. - ކޯޕަރޭޓް އެފެއާޒްއިން އަންގާ އެންގުންތަކާ އެއްގޮތަށް އިދާރީ މަސައްކަތްތަކާއި، އިވެންޓްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން. - އޮފީސް ބަންދުވަގުތުތަކާއި ހަފްތާ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ކޮންމެ ވަގުތެއްގައިވެސް ވަގުތުން ގުޅުމުން ހަވާލުކުރާ މަސައްކަތެއްގެ ޒިއްމާ އަދާކުރެވޭނެ މީހަކަށްވުން. |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ކޯޕަރޭޓް އެފެއާޒް، އެފް.އެސް.އެމް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން12 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލްfsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
07 ސެޕްޓެމްބަރ 2026
