މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ފޭދޫ އިޖުތިމާއީ ސަރަހައްދުތަކުގައި ޖަހާފައިހުރި ލައިޓުތަކުގައި މީޓަރ ހަރުކުރުމުގެ މަސައްކަތް
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފޭދޫ އިޖުތިމާއީ ސަރަހައްދުތަކުގައި ޖަހާފައިހުރި ލައިޓުތަކުގައި މީޓަރ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
- ބީލަން ހުށަހަޅަން ވާނީ 10 ސެޕްޓެމްބަރ 2026ވާ ދުވަހުގެ ހެނދުނު 11:00 އަށް މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާއަށެވެ.
- ހުށައަޅާ ބީލަން ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 ސެޕްޓެންބަރު 2026
ހޯދާ
