ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ތިނަދޫ
ދިވެހިރާއްޖެ
ނަންބަރު: 674-A/2026/54
އިޢުލާން
މި ކޯޓުގެ އާކައިވްގެ 6 (ހައެއް) ފައިލިންގ ރެކް ހެދުން.
ކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގެ އާކައިވްގައި 6 (ހައެއް) ފައިލިންގ ރެކް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކޯޓުގެ އީމެއިލް [email protected] އަށް ފޮނުވައި، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް މިކޯޓަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް، އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ:
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބިޑް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
15 ސެޕްޓެމްބަރ 2026 |
އަންގާރަ |
13:30 |
|
އަންދާސީ ހިސާބު ހުށަހެޅުން |
21 ސެޕްޓެމްބަރ 2026 |
ހޯމަ |
13:30 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން 07 ދުވަސް ތެރޭގައި ރަސްމީ ގަޑީގައި މި އިދާރާގެ ފޯނު ނަންބަރު 6841612 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
25 ރަބީޢުލްއައްވަލް 1448
07 ސެޕްޓެމްބަރ 2026
ޙުސައިން ޝިޔާމް
ކޯޓު އެޑްމިނިސްޓްރޭޓަރ
