އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ މީދޫ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުން

ކައުންސިލް ހިންގުމުގައި ފަންނީ މީހުންނާއި ރައްޔިތުންގެ މަޝްވަރާ އަދި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ޤަވާޢިދުގެ 93 ވަނަ މާއްދާގެ (ށ) ދަށުން އައްޑޫ މީދޫ ކައުންސިލްގެ ފުރަތަމަ ދައުރުގެ ލަފާދޭ ކޮމިޓީތަކުގެ ގޮތުގައި ތިރީގައި މިދަންނަވާ ކޮމިޓީތައް އުފެއްދުމަށް ނިންމައި، އާންމުކުރެވުނު ނަންބަރު (IUL)1140/1140/2026/1010އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ކޮމިޓީތަކަށް މެމްބަރުން ކުރިމަތިލާފައި ނުވާތީ، ތިރީގައިވާ ކޮމިޓީތަކަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވަމެވެ.

v     ޒުވާނުންނާއި ކުޅިވަރާއި ބެހޭ ލަފާދޭ ކޮމިޓީ

v     ދީނީ ކަންކަމާއި ބެހޭ ލަފާދޭ ކޮމިޓީ

v     ސިއްޙަތާއި އިޖުތިމާޢީ ކަންކަމާބެހޭ ލަފާދޭ ކޮމިޓީ

v     ތިމާވެއްޓާއި އުމްރާނީ ތަރައްޤީއާއި ބެހޭ ލަފާދޭ ކޮމިޓީ

v     މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ލަފާދޭ ކޮމިޓީ

v     ޓުއަރިޒަމާއި ވިޔަފާރި އާއި ބެހޭ ލަފާދޭ ކޮމިޓީ

v     ޓެކްނޮލޮޖީއާއި،ފަންނުވެރިކަމާއި އާއީޖާދުތަކާއި ބެހޭ ލަފާދޭ ކޮމިޓީ

މިކޮޓީތަކަށް ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކުން، އައިޑީ ކާޑު ކޮޕީއާއި ގުޅޭނެ ނަންބަރާއި، ކުރިމަތިލައްވާ ކޮމިޓީގެ ނަމާއި، އެދާއިރާއަކުން ހާސިލްކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ލިޔުންތައް، 2026 ސެޕްޓެމްބަރ 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

                    25 ރަބީޢުލްއައްވަލް 1448     

                    07  ސެޕްޓެމްބަރ 2026      

 

07 ސެޕްޓެންބަރު 2026
ހޯދާ