މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމާއި،ފެންޑާބައި ބޮޑުކުރުމާއި، ގުދަނެއް ހެދުމާއި، ހަރިންމަ ފާރު އުސްކުރުމާއި، ގޭޓާއި ވޯކްވޭ އެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

 

          ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމާއި،ފެންޑާބައި ބޮޑުކުރުމާއި، ގުދަނެއް ހެދުމާއި، ހަރިންމަ ފާރު އުސްކުރުމާއި، ގޭޓާއި ވޯކްވޭ އެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 20 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:00 އަށް ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

     މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

     އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540657 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

     އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 24 ސެޕްޓެމްބަރ 2026   

     އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

      އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް    

      07 ސެޕްޓެމްބަރ 2026

07 ސެޕްޓެންބަރު 2026
ހޯދާ