ދިވެހިރާއްޖެ
އިޢުލާން
ގޯލްޑަން ފުޓްސަލް ޗެލެންޖް 2027 - ފ.މަގޫދޫ ކައުންސިލްގެ ޓީމް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:
ގޯލްޑަން ފުޓްސަލް ޗެލެންޖް 2027 ގައި ބައިވެރިވާ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ނިސްބަތްވާ، ރަޖިސްޓަރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މަގޫދޫ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ނިސްބަތްވާ، ކުލަބު/ޖަމްޢިއްޔާތަކުން، 2026 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
25 ރަބީޢުލްއައްވަލް 1448
7 ސެޕްޓެމްބަރ 2026
