ދިވެހިރާއްޖެ
އާރުޓީއެލް ފެރީޓާމިނަލްގައި ކެފޭ، ރެސްޓޯރެންޓް ހިންގުމަށް ފުރުޞަތު ހުޅުވާލުން
އާރުޓީއެލް ފެރީ ޓާމިނަލްގައި ކެފޭ، ރެސްޓޯރެންޓް ހިންގުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)283-BF/283/2026/16 (29 ޖުލައި 2026) އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
- ޢިމާރާތާއި އެކު ބިމުގެ ބޮޑުމިން : 38’ X 100’
- ޢިމާރާތާއި ބިން ކުއްޔަށް ދޫކުރާ މުއްދަތު : 15 އަހަރު
- މުއްދަތު ހަމަވުމުން މުއްދަތަށް އިތުރުކުރެޗޭނެ މިންވަރު: މުއްދަތު އިތުރު ނުކުރެވޭނެ.
ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
25 ރަބީޢުލްއައްވަލް 1448
07 ސެޕްޓެމްބަރ 2026
