ދިވެހިރާއްޖެ
ނަންބަރު: (IUL)ASMH-GRAD/ASMH/2026/98
ޢިއުލާން
ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބައުވެ ހަލާކުވެފައި ހުރި ތަކެތި ދުވަހުގެ ނީލަން ކިޔުން
މިހޮސްޕިޓަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހުގެ ނީލަމެއް ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 19 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީސް އިމާރާތުގެ ގޯތިތެރެއަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތް ތަކުން 24 ގަޑިއިރުތެރޭގައި މި އޮފީހަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިހޮސްޕިޓަލުގެ ނަންބަރ: 6841974 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
