ދިވެހިރާއްޖެ
އިޢުލާން
މިރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރު އެޅުމަށް ހަމަޖެހިފައިވާ ބިމުން ކަނޑާފައިވާ ރުއްގަސް އަދި ރުއްތަކުގެ ފަންތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި
|
ނީލަން އޮންނަ ދުވަސް: |
08 ސެޕްޓެމްބަރ 2026 |
|
ގަޑި: |
ހެނދުނު 09:00 |
|
ނީލަން އޮންނަ ތަން: |
އިސްލާމިކް ސެންޓަރު އެޅުމަށް ހަމަޖެހިފައިވާ ބިމުގައި |
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް
|
ޢަދަދު |
ބާވަތް |
ނީލަން ފެށޭއަގު |
|
|
ފަން ފުންފުނިތައް ( ފަންފުއްޏެއް ) |
50 ރުފިޔާ |
|
40 |
ރުއް ( ރުކެއް ) |
ނީލަމުން އަންނަފަރާތުން އަގު ކަނޑައެޅުން |
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ އެކައުންޓް 7714700413002(1286 ރެވެނިއު 2) އަށް ފައިސާ ޖަމާކުރަން ޖެހޭނެއެވެ. ފައިސާ ޖަމާނުކުރާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ބާތިލު ކުރެވޭނެއެވެ. ނީލަމުން ނެގި ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2026 ސެޕްޓެމްބަރ 09ވަނަ ދުވަހުގެ 18:00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި، އެ ތަކެއްޗާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
