މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިނަވާގެ މަރާމާތުކުރުމުގެ މަސައްކަތް
- މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު ހިނަވާގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުގެ ނަންބަރު (IUL)280/INDIV/2026/23 (21 ޖުލައި 2026) އިޢުލާނުގައި ހުޅުވާލި ބީލަމާއެކު ދީފައިވާ ބިޑް ޑޮކިއުމެންޓަށް ބަދަލުތަކެއް ގެނެވިފައިވާތީ، އެބަދަލުތަކާއި އެކު އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- އެގޮތުން މިކަމަށްއެދި ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މިކަމަށްއެދި ބީލަން ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 2026 ސެޕްޓެމްބަރ 09 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާއަށް ފޯމް ހުށަހެޅުމުން ނުވަތަ [email protected] އަށް ފޯމު މެއިލް ކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
- މިބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމުން އެފަރާތްތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.
- ބީލަންތައް ބަލައިގަތުން އޮންނާނީ 2026 ސެޕްޓެމްބަރ 13 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅާއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.
06 ސެޕްޓެންބަރު 2026
ހޯދާ
