މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ށ. ގޮއިދޫ ޞިއްޙީމަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރުމަށް ބޭނުންވާ ކޮޓަރި މަރާމާތުކުރުން.

 


ށ. ގޮއިދޫ ސިއްޙީ މަރުކަޒު

ށ. ގޮއިދޫ

ދިވެހިރާއްޖެ.

ނަންބަރ: IUL)743/2026/03) 

 

                                   އިޢުލާން                                          

         ށ. ގޮއިދޫ ސިއްހީމަރުކަޒުގައި ލެބޯޓަރީގެ ޙިދުމަތްދިނުމަށް އިމާރާތުގެ މަރާމާތު ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުން ފެށިގެން 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާ ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 21 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00

ގައި ށ. ގޮއިދޫ ސިއްހީ މަރުކަޒުގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރި ނުވެވޭ ފަރާތް ތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ށ. ގޮއިދޫ ސިއްޙީ މަރުކަޒު ގައެވެ.

        މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެއަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                              25 ރަބީޢުލް އައްވަލް 1448ހ.

                              07 ސެޕްޓެމްބަރ 2026މ.

07 ސެޕްޓެންބަރު 2026
ހޯދާ