ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެންޑާ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލުން

މިކައުންސިލް އިދާރާއަށް ބޭނުންވާ ޚިދުމަތްތަކާއި އަދި މިއިދާރާއަށް ގަންނަން ބޭނުންވާތަކެތި ފޯރުކޮށް ދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުގެ ތެރެއިން ވެންޑާރަޖިސްޓްރޭޝަން ފުރިހަމަ ނުކުރައްވާ ފަރާތްތަކުން، 2026 ސެޕްޓެމްބަރ 16 ވާ ބުދަދުވަހުގެ     މެންދުރުފަހު 2.00 ގެ ކުރިން "ވެންޑާރަޖިސްޓްރޭޝަން ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ވެންޑާ ރަޖިސްޓްރޭޝަން ލިސްޓެއް އެކުލަވާލުމުގެ މަޤްޞަދަކީ މިއިދާރާއަށް ބޭނުންވާ ޚިދުމަތްތަކާއި މިއިދާރާއަށް ގަންނަން ބޭނުންވާ ތަކެތި ފޯރުކޮށްދެއްވާ ފަރާތަކަށް ހަމަހަމަ ފުރުޞަތުތަކެއް ފޯރުކޮށްދިނުމެވެ. ވީމާ މިތާރީޚްގެ ފަހުން މިކައުންސިލަށް ބޭނުންވާ ޚިދުމަތްތަކާއި އަދި މިކައުންސިލާއި އެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރިޔަށް ގެންދެވޭނީ ވެންޑާ ރަޖިސްޓްރޭޝަން ހައްދަވާފައިވާ ފަރާތްތަކާއި އެކު ކަމުގައި ދަންނަވަމެވެ.

ވެންޑާފޯމް މިއިޢްލާންއާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އޮންލައިން ފޯމް ލިންކުވެސް ތިރީގައި އެވަނީއެވެ.

 

                 ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ސެޕްޓެންބަރު 2026
ހޯދާ