ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެނަކަ ކޯޕަރޭޝަންގެ ދެކުނު މަގަށްއަރާ ސަރަޙައްދުގެ ރުއްގަހުގެ ވެރިން ހޯދުން
އިޢުލާން
ފެނަކަ ކޯޕަރޭޝަންގެ ދެކުނު މަގަށްއަރާ ސަރަޙައްދުގެ ރުއްގަހުގެ ވެރިން ހޯދުން
ދ.ހުޅުދެލީ ފެނަކަ ކޯޕަރޭޝަނުން ހުޅަނގަށްގޮސް ރަށްވެހިގެއާ ހަމައަށް އިންވެގެން ދެކުނުފަރާތު މަގަށް އަރާ ރުއްގަހުގައި ރަތްކުލައިން (ރަސްގެ) ފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތަކުން، 14 ސެޕްޓެންބަރު 2026 ( ހޯމަ) ދުވަހުގެ 12.00 ގެ ކުރީން ދެންނެވުނު ރުއްގަހުގެ މަޢުލޫމާތު މި ކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. އަދި މިދެންނެވި ސަރަޙައްދުގައިހުރި ރުއްގަހުގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓަރީ ކޮށްފައިނުވާ ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައި ނުވާތީ، އެފަދަ ރުއްގަހަކީ ވެރިޔަކު ނެތް ރުއްގަސްކަމުގައިބަލައި، ކަނޑައެޅިފައިވާ އުޞޫލުން ޢަމަލުކުރަމުން ގެންދެވޭނޭ ކަމުގައިވެސް ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
06 ސެޕްޓެންބަރު 2026
ހޯދާ
