ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު:
އިޢުލާން
ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު، ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ހޯދުން:
ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިކަމަށްއެދި މި އެސޯސިއޭޝަނަށް ސިޓީ ހުށަހެޅުން އެދެމެވެ.
- މަޤާމް: ކޯޗް، ވަގުތީ (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް)
- ބޭނުންވާ އަދަދު: 3 (ތިނެއް)
- މުސާރަ: -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)
- މަސައްކަތް ކުރަންޖެހޭ ތަން: މާލެ
- މުއްދަތު: 6 މަސްދުވަސް
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަހު، ދުވާލަކު 2 ގަޑިއިރު (ހެނދުނު 06:00 އިން 07:00 އަށް އަދި ހަވީރު 05:00 އިން 06:00 އަށް)
މިނިމަމް ފެންވަރު ނުވަތަ ޝަރުޠު:
- ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަކޮށްފައިވުން.
- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި، ވާހަކަދައްކަން އެނގުން.
- އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
- ސްވިމިންގ ކޯޗިންގ ދާއިރާގައި ހަރަކާތްތެރިވުމުގެ ޝައުޤުވެރިކަން ހުރުން.
- އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
- ވަގުތަށް ޙުރުމަތްތެރިކޮށްހިތާ މީހަކުކަމުގައިވުން.
- ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުނގަންނައިދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.
ކުރަންޖެހޭ މަސައްކަތް:
- ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ޤާއިމްކޮށްދިނުން.
- އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.
ސިޓީއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
- ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް.
- އައިޑެންޓިޓީ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
ނޯޓް: ޕަރފޯމަންސަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުޞަތު ދެވޭނެއެވެ.
9 ޖުމާދަލްއޫލާ 1437
18 ފެބުރުވަރީ 2016
ހޯދާ