ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމާގުޅޭ:
މި އިދާރާއިން ކުރިއަށްގެންދާ ކުނީގެ މަޝްރޫޢުގައި ބޭނުންކުރުމަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަ ބޭނުންވެއްޖެއެވެ.
ވީމާ، މި އިދާރާއަށް 1.5 ޓަނުގެ ޕިކަޕެއް ވިއްކަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ގުޅުއްވާނީ ކައުންސިލަރ މުޙައްމަދު އިބްރާހީމުގެ ނަންބަރު 7917959 ފޯނަށް، ނުވަތަ އ. ފައިނޭންސް އޮފިސަރ އިސްމާޢީލް ރަޝީދުގެ ނަންބަރު 7909019 ފޯނަށެވެ.
- ޕިކަޕާ ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 18 ފެބުރުވަރީ 2016 ދުވަހުގެ 11:00 ގައި މާބައިދޫ ކައުންސިލް އިދާރާގެ ކޮންފަރެންސްރޫމުގައި
- އަންދާސީހިސާބު ހުށަހެޅުން 23 ފެބުރުވަރީ 2016 ދުވަހުގެ 10:00 ގައި މާބައިދޫ ކައުންސިލް އިދާރާގެ ކޮންޕަރެންސްރޫމުގައި
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ކައުންސިލަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާއިރު އައި ޑީ ކާޑު ނުވަތަ އައި ޑީ ކާޑުގެ ކޮޕީއެއް ގެންނެވުން އެދެމެވެ. ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނަމަ ރަޖިސްޓަރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މި އިޢުލާން ކުރުމާ ގުޅިގެން ކުރިން މި ކައުންސިލުން ކޮށްފައިވާ މި ކައުންސިލްގެ ނަންބަރު IUL)397-AS/INDIV/2016/4) ނަންބަރު އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތައް މަދުކަމަށް ފެންނާތީ، ބާޠިލު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 ޖުމާދަލްއޫލާ 1437