މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީގެ ގުދަން މަރާމާތު މަސައްކަތް

އިޢުލާން

 

އ.ތ.މ ކޮމެޓީގެ ގުދަން މަރާމާތު މަސައްކަތް

 

މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އ.ތ.މ ކޮމެޓީގެ ގުދަނުގެ (ފުޓްބޯޅަ ދަނޑުގެ އިރުން ކުރީގެ އ.ތ.މ ކޮމެތީގެ ދަނޑު) މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސެޝަން:

08 ސެޕްޓެމްބަރ 2026 11:00 އ.ތ.މ ކޮމެޓީގެ ގުދަނުގައި

ބިޑް ރަޖިސްޓްރީ ކުރުން:

16 ސެޕްޓެމްބަރ 2026 14:00  ކުރިން

ބިޑް ރަޖިސްޓްރީ ލިންކު:

https://forms.cloud.microsoft/r/51RmbiD09P

އަންދާސީ ހިސާބު ހުށަހެޅުން:

17 ސެޕްޓެމްބަރ 2026  11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި

 

ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 15 ސެޕްޓެމްބަރ 2026 14:00ގެ ކުރިން އީމެއިލް ([email protected])   އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

06 ސެޕްޓެންބަރު 2026
ހޯދާ