މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގައި ފެށުމަށް ހަމަޖެހިފައިވާ އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ގެ ކޯހަށް ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭ (ކ.މާލެ)
- މޯލްޑިވްސް ޕޮލިޓެކްނިކްގައި ފެށުމަށް ހަމަޖެހިފައިވާ އެޑްވާނަސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ގެ ކޯހަށް ބޭނުންވާ ތަކެތި ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަން ފޮތް މިއިޢުލާން އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 10 ސެޕްޓެމްބަރ 2026ދުވަހުގެ 00.00 ގެ ކުރިން ތިރީގައިވާ މެއިލްއަށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފޮނުއްވުން އެދެމެވެ.
- ކުންފުނީގެނަން، ރަޖިސްޓްރީ ނަންބަރ ، ގުޅޭނެ ނަންބަރ
- ރަޖިސްޓްރީ ކުރެއްވުމަށް ހުށައަޅުއްވާ ފަރާތްތަކަށް ރަޖިސްޓްރީ ނަންބަރެއް ފޮނުވާނެ ވާހަކަ ދަންނަވަމެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ސެޕްޓެމްބަރ 2026 ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 10:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކް މީޓިންގ ރޫމްގައި
- މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000/-ރ. (ފަންސަވީސް ހާސް ދިވެހިރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މޯލްޑިވްސް ޕޮލިޓެކްނިކް
ރެހެންދިހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން:3002572
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
06 ސެޕްޓެންބަރު 2026
ހޯދާ
