މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކަމަޑޭޝަން ބްލޮކް ކުއްޔަށް ދޫކުރުމާއިގުޅޭ

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

އެކަމަޑޭޝަން ބްލޮކް ކުއްޔަށް ދޫކުރުމާއިގުޅޭ

މި ކައުންސިލުން ތަރައްޤީކޮށްފައިވާ އެކަމަޑޭޝަން ބްލޮކް ހިންގުމަށާއި ތަނުން ޚިދުމަތް ދިނުމަށްޓަކައި ކުއްޔަށްދޫކުރަން ބޭނުންވެއެވެ.

         20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ޢިމާރާތުގައި ގެސްޓްހައުސް ވިޔަފާރި ކުރުމަށް، ޢިމާރާތް ކުއްޔަށްހިފުމަށް ބީލަން ހުށައެޅުމުގެ ދަޢުވަތުދީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

07 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 08:30 އިން 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ބިޑް ފޯމް މި ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުނަނާނެއެވެ. ބިޑްފޯމެއްގެ އަގަކީ 5000/- (ފަސްހާސް) ރުފިޔާއެވެ. ބިޑް ފޯމް ގަތުމަށް ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7724700376001 (1314 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ކައުންސިލްގެ ވައިބަރ ނަންބަރު 9123855 އަށް ސްލިޕް ވައިބަރ، ނުވަތަ މި އިދާރާގެ އީމެއިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ، ކައުންސިލް އިދާރާއަށް ދުރުވެ ނަގުދު ފައިސާއިން މި ފައިސާ ދެއްކެވޭނެއެވެ.

މަޢުލޫމާތު ދިނުން

  • މަޢުލޫމާތު ދިނުން ކުރިއަށް ދާނީ، 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު 11:00 ގައި ފީވަކު ކައުންސިލް އިދާރާގައެވެ.
  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު ބިޑް ފޯމް، ބައްދަލުވުމުގެ ބައިވެރިންނަށް ޙަވާލުކުރެވޭނެއެވެ. ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުން

މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.   

 

  1.     ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް ގެންނަން ވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާ ނަމަ، ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށާހަޅުއްވަން ވާނެއެވެ.

 

   ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.

 

  1. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.

 

  1. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 20 ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ށ.ފީވަކު ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

06 ސެޕްޓެންބަރު 2026
ހޯދާ