ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު ލައިސަންސް ޢަމަލީ އިމްތިހާން ކުރާނޭ އެގްޒަމިނަރއެއް ހޯދުމާއިގުޅޭ

   މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑު ސިވިލްއޭވިއޭޝަނުން ދޫކުރާ އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރއެއް މިއިދާރާއަށް ހޯދަން ބޭނުން ވެއްޖެއެވެ.

އެގްޒަމިނަރ

ބޭނުންވާ އަދަދު:1

ޝަރުތު

  • ކަނޑުއުޅަނދު ދުއްވުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަަމުގައި ވުން.

އުޖޫރަ:

  • ކުރާ ކޮންމެ އިމްތިޙާނަކަށް -/50ރ. (ފަންސާސް ރުފިޔާ)
  • އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

   އެގްޒަމިނަރެއްގެ ގޮތުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

  1. ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ
  2. ނިޔަމިކަމުގެ ސަނަދު ކޮޕީ
  3. އައިޑީ ކާޑުގެ ކޮޕީ

   ވީމާ،މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް  [email protected] އަށް މަތީގައި ދަންނަވާފައިވާ ތަކެތި ހުށަހެޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2026
ހޯދާ