ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ކުޅިވަރު އެރީނާގެ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން މިރަށުގައި ތަރައްޤީ ކުރުމަށް ހަމަޖައްސާފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބަށިކޯޓު ހަދާގޮތަށް ހަމަޖެހިފައިވަނީ މިހާރުގެ ފުޓުބޯޅަދަނޑުގެ އިރުދެކުނު ކަނުގައެވެ.
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ 01 ގަޑިއިރުގެ ކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ބަށިކޯޓު ތަރައްޤީ ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި މިވަނީއެވެ.
01- ހުށަހަޅާ އަގު %65
02- މުއްދަތަށް %20
03- ޕްރޮފައިލް % 10
04- ފަންނީ ޤާބިލުކަން % 05
02 ޖުމާދަލްއޫލާ 1437