ދިވެހިރާއްޖެ
ކުރިން ޤުރްއާން ކުލާސް ހިންގި ޢިމާރާތުގެ އޮފީސްބައިގައި، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޤުރްއާން ކުލާހާއި ޓިއުޝަން ކުލާސް ފަދަ ތަޢުލީމީ ޚިދުމަތްތައް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 13 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ފުރިހަމަކުރައްވާފައިވާ ބީލަން ފޯމު މި ކައުންސިލްގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. މި އިޢުލާނާއެކު މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު އެއްކަރުދާސް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ރަބީޢުލްއައްވަލް 1448
06 ސެޕްޓެމްބަރ 2026
