ދިވެހިރާއްޖެ
މި އިދާރާއަށް 30 މަގުބައްތި ދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)268/2026/28 އިޢުލާނުގެ މަޢުލޫމާތު ކަރުދާހުގައި މައްސަލައެއް ހުރިކަން ފާހަގަވެފައިވާތީ އެ އިޢުލާނު ބާޠިލްކޮށް، މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް ނޭކުރެންދޫ ކައުންސިލަށް 30 މަގުބައްތި ދަނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/z4a1SSz8nj
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 22 ވާ އަންގާރަ ދުވަހުގެ 13:15 ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ނޭކުރެންދޫ ކައުންސިލަށް 30 މަގުބައްތި ދަނޑި ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ގުލްސަންޕާގޯޅި، ހދ.ނޭކުރެންދޫ ، ދިވެހިރާއްޖެ
ފޯން: 6520042
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
