މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޝްވަރާ ކޮމިޓީއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން

        ޤާނޫނު ނަންބަރު: 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލަށް ލބިދީފައިވާ ބާރުގެ ދަށުން ކައުންސިލްގެ މުހިއްމު ނިންމުންތައް ނިންމުމުގެ ކުރިން ރަށުގެ އެކި ދާއިރާތައް ހިމެނޭގޮތުން ޚިޔާލާއި ލަފާ ހޯދުމަށް ބޭނުންވާތީ، މިކައުންސިލުން އެކުލަވާލަން ހަމަޖެހިފައިވާ މަޝްވަރާކޮމިޓީއަށް ތިރީގައި މިދަންނަވާ 2 ދާއިރާއަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަމެވެ.

  1. އިޢުލާންކޮށް އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޢިލްމީ އަދި ތަޖުރިބާއަށް ބަލާ ކައުންސިލުން ކަނޑައަޅާ ދާއިރާ ތަކަކުން 3 ބޭފުޅުން
  2. އިޢުލާންކޮށް އެކަމަށް ކުރިމަތިލާ ޒުވާނުންގެ ( ޢުމުރުން 35 އަހަރާ 18 އަހަރާ ދެމެދުގެ ) ތެރެއިން ކައުންސިލުން ކަނޑައަޅާ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅެއް

        ވީމާ، މިދެންނެވުނު 2 ދާއިރާއިން މަޝްވަރާ ކޮމިޓީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އައިޑީ ކާޑުގެ ކޮޕީ އާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.  

        މިއިޢުލާނާއެކު " މަޝްވަރާކޮމިޓީ އާއިބެހޭ އުޞޫލު 2026 " ޢާއްމުކުރަމެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ސެޕްޓެންބަރު 2026
ހޯދާ