ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓުގެ އާ އިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިން ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިކޯޓުގެ އާ އިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިން ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރ: 666-A/2026/23 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ މި އިޢުލާން ބާތީލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.  

ވީމާ، ކޯޓަށް ބިލްކުރާގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:30 އަށް މިކޯޓަށް ހާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ.

06 ސެޕްޓެންބަރު 2026
ހޯދާ