އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުނޑީގައި ފާޚާނާބަރިއެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

ތުނޑީގައި ފާޚާނާބަރިއެއް ޢިމާރާތް ކޮށްދޭނެފަރާތެއް ހޯދުން

މިރަށު ތުނޑީގައި ފާޚާނާ ބަރިއެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު:(IUL)353/353/2026/64  (24 އޮގަސްޓް 2026) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފާރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އދ. ދިގުރަށު ކައުންސިލަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާއިގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.

ތަފްސީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

އދ ދިގުރަށު ކައުންސިލް އިދާރާ

އަންގާރަ

08 ސެޕްޓެމަބަރ 2026

14:00

ބިޑް ހުށަހެޅުން

އދ ދިގުރަށު ކައުންސިލް އިދާރާ

ބުރާސްފަތި

10 ސެޕްޓެމަބަރ 2026

13:00

          ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން

ބިޑް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/100 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެނގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ސެޕްޓެންބަރު 2026
ހޯދާ