ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޕްރިންސިޕަލް އިންސްޕެކްޝަން އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް:

 09 ސެޕްޓެންބަރު 2026

ނަންބަރު:

(IUL)168-HR/1/2026/103 

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

މަޤާމު:

 ޕްރިންސިޕަލް އިންސްޕެކްޝަން އޮފިސަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

 1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް) ހާސިލް ކޮށްފައިވުން.

ނުވަތަ 

 2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 4. ހިއުމަން ރައިޓްސް ކޮމިޝަނުގެ ސީނިއަރ އޮފިސަރ ލެވެލްގެ މަޤާމެއްގެ ޝަރުތު ހަމަވުމާއެކު، ސީނިއަރ އޮފިސަރ ލެވެލް  ނުވަތަ އެއަށްވުރެ މަތީ ލެވެލްއެއްގެ މަޤާމެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

 

  1. އެން.ޕީ.އެމްގެ ވޯކް ޕްލޭންގައިވާ މަޤްސަދުތައް ހާޞިލްކުރުމަށްޓަކައި، މި ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ތަންފީޒުކޮށް އެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ކުރުން.
  2. ޓޯޗަރ ނުވަތަ ލާއިންސާނީ، އިހާނެތި ދަށުދަރަޖައިގެ ޢަމަލުތަކާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުން މީހުންނާއި ކުދިން ބައިތިއްބާފައި ތިބޭ ތަންތަނަށް ކުރާ ޒިޔާރަތްތައް ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތިން ރާވައި، އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓު ތައްޔާރުކޮށް ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކުރުން.
  3. މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުން މީހުންނާއި ކުދިން ބައިތިއްބާފައި ތިބޭ ތަންތަނުގައި ޓޯޗަރ ނުވަތަ ލާއިންސާނީ، އިހާނެތި ދަށުދަރަޖައިގެ ޢަމަލުތަކާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކާއި އަދި ޒިޔާރަތްތަކުން ފާހަގަވާކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުން.
  4. މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުން މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް ކަމާގުޅުން ހުރި އިދާރާތަކާއެކު ސްޓޭކް ހޯލްޑަރ ސިމްޕޯޒިއަމް އަދި ބިނާކުރަނިވި  މަޝްވާރާ ބައްދަލުވުންތައް ބޭއްވުން.
  5. މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުން މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ބަލައި އެކަންކަމާގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.
  6. މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުން މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ފާހަގަވާ ކަންކަމުގެ ތެރެއިން ދައުލަތުގެ އިދާރާތަކާއި ކޮމިޝަނުގެ ޑިޕާޓްމަންޓުތަކުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން އެ އިދާރާތަކާއި ކޮމިޝަނުގެ ޑިޕާޓުމަންޓުތަކާ ހިއްސާކުރުން.
  7. ކޮމިޝަނުން ކަނޑައަޅާ އެން.ޕީ.އެމްއާ ގުޅުންހުރި ރިޕޯޓުތައް ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތިން އެކުލަވާލައި އާންމުކުރުން.
  8. އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އިދާރާތަކާއި ޖަމްޢިއްޔާތަކާއި އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމާއި އެފަރާތްތަކާ ކޮމިޝަނާ އޮންނަ ގުޅުން ދެމެހެއްޓުން.
  9. ކޮމިޝަނުން ފާސްކުރާ ރިޕޯޓުތަކާއި ސްޓޭޓްމަންޓްތައް ތަރުޖަމާ ކުރުމާއި އެފަދަ މަޢުލޫމާތުތައް ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތިން ކަމާގުޅުންހުރި ބައިނަލްއަޤްވާމީ އިދާރާތަކާ ހިއްސާކުރުން.
  10. ރެކޮމަންޑޭޝަން އޮޑިޓްއާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
  11. ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން ނޫސްބަޔާން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ކަމާގުޅުންހުރި ޑިޕާޓްމަންޓުތަކާ ހިއްސާކުރުމާއި އެން.ޕީ.އެމްގެ އެޑްވޮކަސީ މަސައްކަތްތައް ކުރުން.
  12. އެން.ޕީ.އެމްގެ އެޑްވޮކަސީއަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.
  13. އެން.ޕީ.އެމްގެ މަސައްކަތްތައް ހަރުދާނާކުރުމުގެގޮތުން ކުރަންޖެހޭ ކަންކަން ދިރާސާކޮށް، އެ މަސައްކަތްތައް ރާވައި ހިންގުމުގައި ޑިރެކްޓަރ ޖެނެރަލްގެ ލަފާގެ މަތިން އަމަލީގޮތުން ބައިވެރިވުން.
  14. ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  15. ޤަވާއިދު ނަންބަރު 2026/R-1 (ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ހިންގުމާ ބެހޭ ޤަވާއިދު) އަދި އެން.ޕީ.އެމްގެ ޒިޔާރަތްތައް ކުރިއަށް ގެންދިޔުމުގައި މުވައްޒަފުން ޢަމަލުކުރާނެ ގޮތުގެ މެނުއަލް އާ އެއްގޮތަށް މަސައްކަތްތައް ރާވާ ހިންގުން. 
  16. ޑިޕާޓްމަންޓުތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން.
  17. އިންތިޚާބުތައް އޮބްޒާވްކުރުމުގެ ހަރަކާތްތަކުގައާއި، އެއްވުންތަކާއި މުޒާހަރާތައް މޮނީޓަރުކުރުމަށް ކުރެވޭ ފީލްޑް މަސައްކަތްތަކާއި މީޑިއާ މޮނީޓަރިންގްގެ މަސައްކަތްތަކުގައާއި، އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރެވޭ ދަތުރުތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
  18. އިންސާނީ ހައްގުތަކާ ގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، މީޑިއާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  19. މީގެ އިތުރުން، ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުމާއި، ކޮމިޝަނުން ކުރިއަށްގެންދާ އެކި ހަރަކާތްތަކާއި އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2026 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމަށް 10 ފަރާތަށްވުރެ އިތުރަށް ކުރިމަތިލައިފިނަމަ، ކުރިމަތިލި ހުރިހާ ފަރާތްތަކަށް ސްކްރީނިންގ ޓެސްޓެއް ދިނުމަށްފަހު ޓެސްޓްގެ ނަތީޖާއަށް ބަލައި 10 ކެންޑިޑޭޓުން ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް ތިއަރީ ޓެސްޓެއް ދީ ފާސްވާ ފަރާތްތަކަށް އިންޓަވިއުއަށް ދެންނެވޭނެއެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

03 ސެޕްޓެންބަރު 2026
ހޯދާ