ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.މާމެންދޫ މެޖިސްޓްރޭޓްކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.

މި ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް/ ދުވަސް

ގަޑި

ޙާޟިރުވާންޖެހޭ ތަން

މަޢުލޫމާތު ސާފުކުރުން

08 ސެޕްޓެމްބަރު 2026 (އަންގާރަ)

10:00

ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު

އަންދާސީ ހިސާބު ހުށަހެޅުން

15 ސެޕްޓެމްބަރ 2026 (އަންގާރަ)

10:00

ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު

 

  މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު މި ކޯޓަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމަށްފަހު، ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނުނަންބަރު:  19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 ރަބީޢުލްއައްވަލް 1448

03 ސެޕްޓެންބަރު 2026
ހޯދާ