ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަންފާ ގޯތީގެ އިންފާރު ރޭނުމާއި ގުޅޭ

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަންފާ ގޯތީ އިންފާރު ރާނައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.     

                މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް  [email protected]އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވީ  ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.          

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

17 ސެޕްޓެންބަރ 2026 (ބުރާސްފަތި)

10:30

އަންދާސީ ހިސާބު ހުށަހެޅުން

22 ސެޕްޓެންބަރ 2026 (އަންގާރަ)

10:30

 

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

03 ސެޕްޓެންބަރު 2026
ހޯދާ