ދިވެހިރާއްޖެ
ވިލިމާލެ ބީޗު ސަރަހައްދުގައިހުރި އާއްމު ފާޚާނާބަރީގެ އާބާތުރަފިލުވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2026/125 އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެންނަންޖެހުމާއި ގުޅިގެން އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
|
މަޢުލޫމާތު ސާފުކުރުން |
08 ސެޕްޓެންބަރު 2026 (އަންގާރަ) |
13:00 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
|
އަގު ހުށަހެޅުން |
14 ސެޕްޓެންބަރު 2026 (ހޯމަ) |
11:00 |
މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް |
މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތްތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
