ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގެ ވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު 642-A/IUL/2026/06 (12 އޮގަސްޓް 2026) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް، މި މަސައްކަތުގެ އަންދާސީ ބަޖެޓަށްވުރެ ބޮޑުކަމަށްވާތީ، މި މަސައްކަތަށް އަންދާސީ ހިސާބު ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިންގ)، 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ އަންދާސީ ހިސާބު (އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުވާއިރު، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި ޙާޟިރުވާ ފަރާތުން ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ވިޔަފާރިތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ މި ކޯޓުގެ ނަންބަރު 6780652 އަށް ގުޅައިގެން ނުވަތަ ރަސްމީ ގަޑީގައި ކޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ.
