ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: (IUL)PTA/2026/01
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ޕޭރަންޓް ޓީޗަރ އެސޯސިއޭޝަން (ޕީ.ޓީ.އޭ) އިން އިސްނަގައިގެން ށ. އަތޮޅު މަދަރުސާގައި ޓްރޮފީ ކެބިނެޓްއެއް ޖަހާ ހަރުކުރުމުގެ މަސައްކަތްކުރުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.މިމަސައްކަތުގެ މަޢުލޫމާތާއި ކުރެހުން މިއިޢުލާނާއިއެކު އާއްމު ކުރެވިފައިވާނެއެވެ.
މިމަސައްކަތުގައި ރަޖިސްޓްރީ ކުރުމަށް 2026 ސެޕްޓެމްބަރ 03 ން 2026 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://bit.ly/4xAp5VP
މިމަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އަދި ސައިޓް ޗެކްކުރުން. 2026 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 11:00 ގައިށ. އަތޮޅު މަދަރުސާގައެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ސެޕްޓެމްބަރ 09 ވަނަ ދުވަހުގެ 11:00 ގައިށ. އަތޮޅު މަދަރުސާގައެވެ.
މިމަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ށ. އަތޮޅު މަދަރުސާ
އަމީނީ މަގު، ށ. ކަނޑިތީމު
ދިވެހިރާއްޖެ.
ފޯން: 6540035
އީ-މެއިލް:[email protected]
21 ރަބީއުލްއައްވަލް 1448
03 ސެޕްޓެމްބަރ 2026
