ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ފައިލިންގ ކެބިނެޓް ޖެހުން

                                                    ނަންބަރު: 525-A/2026/25  

އިޢުލާން

ފައިލިންގ ކެބިނެޓް ޖެހުން

        މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓަށް ކަބަޑުފިލާ ނުވަތަ ބްލޮކްބޯޑު ބޭނުންކޮށްގެން 2 ފައިލިންގ ކެބިނެޓް ޖަހައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ލިބިފައިވާ އެސްޓިމޭޓްތައް އަގުބޮޑުކަމަށް ފެންނާތީ މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 13:15އަށް މި ކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                   މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު، ހދ.ނޮޅިވަރަން ދިވެހިރާއްޖެ ،ފޯން: 6521679 ، 6528950           

       އީ-މެއިލް: [email protected]

03 ސެޕްޓެންބަރު 2026
ހޯދާ