ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް

ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓްކޯޓް          

    ވޭމަންޑޫ،

   ދިވެހިރާއްޖެ،                                                             ނަންބަރު: 651-A/2026/11

 

އިއުލާން

              

ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ ދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުމާއި، ކޯޓުގައި ކުރަންހުރި ބައެއް އެހެން މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު، މިކޯޓުގެ ނަންބަރު 651-A/2026/10 އިއުލާނާގުޅިގެން މައުލޫމާތު ސާފުކުރުމަށް، އެކަށީގެންވާވަރަށް މީހުން ހާޟިރުވެފައިނުވާތީ، އެ އިއުލާނު ބާތިލްކޮށް، އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރީމެވެ.  

ވީމާ، މިދެންނެވި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 8  ސެޕްޓެމްބަރ 2026 ދުވަހުގެ 13:30 އަށް، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން، މަސައްކަތާބެހޭ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ސެޕްޓެމްބަރ 2026 ދުވަހުގެ 13:30 އަށް ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބަދަލުގައި މިހަކު ފޮނުވާނަމަ އެފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި  ކުންފުންޏެއްގެ ނަމުގައި ވަޑައިގަންނަވާނަމަ ކުންފުނީގެ ލެޓަހެޑުގައި، ކުންފުނީގެ ފަރާތުން ހާޟިރުވި ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ފަރުދީ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ، އައިޑީކާޑު ގެންނަންވާނެއެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

މިކަމާގުޅިގެން އިތުރަށް މައުލޫމާތު ބޭނުންފުޅުވެއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުއްވުމުން، އެކަމެއް ސާފުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

03 ސެޕްޓެންބަރު 2026
ހޯދާ